English Edition
Dhivehi Edition
ކަސްޓަމުން އަތުލައިގަތް މަސްތުވާތަކެތި - ފޮޓޯ: ކަސްޓަމްސް

ބްރެޒިލް އިން ރާއްޖެ އައި އެ ޤައުމުގެ ރައްޔިތެއްގެ އަތުން އަތުލައިގަތަ، މަސްތުވާތަކެތީގެ އަގު 94 މިލިއަނަށް ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ވިދާޅުވެއްޖެއެވެ.

މި ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފައިވަނީ، އޭނާއާއި މެދު ޝައްކު ކުރެވިގެން ކަސްޓަމްސް އިން އޭނާގެ ލަގެޖް ބަލާ ފާސް ކުރުމުގެ ތެރެއިންނެވެ.

މި މައްސަލަ އާއި ގުޅިގެން ހައްަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހަނަކާއި އަންހެނެކެވެ.

ކަސްޓަމްސް އިން ބުނީ މި ފިރިހެން މީހާގެ ލަގެޖް ބަލާ ފާސްކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ފެނިފައި ކަމަށާއި އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންކަމަށް ޝައްކުކުރެވިފައިވާކަމަށެވެ.

ބަރުދަނުގައި ޖުމްލަ 18.857 ކިލޯގުރާމް ގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން ވަނީ މުއްދަތު ޖަހާފައެވެ،