English Edition
Dhivehi Edition

އޯ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ 15 ދަރިވަރަން ހިމެނިފައިވާއިރު މިއީ އެ ސްކޫލަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ،

އޯ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި ރާއްޖޭގެ އެކިއެކި ސުކޫލުތަކުން 400 އަށް ވުރެ ގިނަ ދަރިވަރުން ހިމެނިފައިވާއިރު ދުނިޔޭގެ އެކިއެކި ވަނަތަކުގައިވެސް 40އަށް ވުރެ ގިނަ ދަރިވަރުން ވަނީ ހިމެނިފައެވެ. މި ގޮތުން ރާއްޖޭގެ ގަދަ ދިހައެއްގައި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ 15 ދަރިވަރުން ހިމެނިފައިވާއިރު ދުނިޔޭގެ ގަދަ 10 ގައިވެސް އެ ސްކޫލްގެ 3 ދަރިވަރުން ވަނީ ހިމެނިފައެވެ.

މުޅި ދުނިޔޭގެ މެރިން ސައިންސް އިން ގަދަ 10ގައި ހިމެނިގެން ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ 3 ދަރިވަރުން އިނާމު ހާސިލުކޮށްފައިވާއިރު ދިވެހި މާއްދާއިން މުޅި ރާއްޖެއިން 1 ވަނަ ހާސިލުކުރި ކުދިންގެ ތެރޭގައި ވެސް އެ ސްކޫލުގެ ދަރިވަރަކު ވަނީ ހިމެނިފައެވެ،

މެރިން ސައިންސުން ދުނިޔޭގެ ގަދަ 10ގައި ހިމެނުނު ދަރިވަރުންނަކީ

  • ދުނިޔެއިން 3 ވަނަ: ޖައުދު އިބްރާހިމް
  • ދުނިޔެއިން 5 ވަނަ: ރަފްހާ އަހުމަދު މުޙައްމަދު
  • ދުނިޔެއިން 8 ވަނަ: ހައްވާ ސަމްހާ

މީގެ އިތުރުން މުޅި ރާއްޖެއިން ދިވެހި މާއްދާއިން އެއްވަނަ ހާސިލްކުރި ދަރިވަރުންގެ ތެރޭގައި ޏ.އަތޮޅު ތައުލީމީ މަރުކަޒު އާއިޝަތު އަނާ މުހައްމަދު ހިމެނެއެވެ.