English Edition
Dhivehi Edition
ސްކޫލްތަކުގެ ކިޔެވުން ފެށުނު ފުރަތަމަ ދުވަހު އެސެމްބްލީގެ ތެރެއިން: ފޮޓޯ އަމީނިއްޔާ ސްކޫލް

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހުޅުވާލި ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ،

ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ސަރުކާރު ހަރަދުގައި 20 ސްކޮލަރޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި ސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކަށް ކިޔެވުމަށްދާ ހަރަދާއި މުސާރައާއި އެއްވަރުގެ އެލަވަންސްގެ އިތުރުން ދެކޮޅު ޓިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ،

މެލޭޝިއާގެ ޔުނިވާސިޓީއަކުން މާސްޓަރސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން / އެޑިޔުކޭޝަން މެނޭޖްމަންޓް ދާއިރާގެ މި ކޯހަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތަޢުލީމީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން ހިމެނެއެވެ. މީގެއިތުރުން ޓީޗަރެއްގެ ގޮތުގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުމާއެކު މިނިސްޓްރީއިން ކުރިން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ޤަވާއިދުން ދައްކަވަމުންގެންދަވާ ފަރާތެއް ކަމުގައިވުން ހިމެނެއެވެ. އަދި ކޯހަށް ކަނޑައަޅާފައިވާ ދާއިރާއިން މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯހެއް ނިންމާފައިވާ ފަރާތެއްކަމުގައި ނުވުންވެސް ހިމެނެއެވެ.

މި ސްކޮލަރޝިޕަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކުރެވިފައިވާ ފޯމު މެދުވެރިކޮށް [email protected] އީމެއިލް ކޮށްގެންނެވެ. ސްކޮލަރޝިޕަށް އެދި ހުށަހަޅަންޖެހޭ ފަހު ވަގުތަކީ 2021 ޑިސެންބަރު 09 ވަނަ ދުވަހުގެ މެންދުރު 2:00އެވެ.

މި ސްކޮލަރޝިޕްގެ ފުރުސަތު ލިބޭ ފަރާތްތަކާއެކު ވަކި މުއްދަތަކަށް، ކަނޑައެޅޭ ސަރުކާރުގެ ސްކޫލެއްގައި ޚިދުމަތްކުރުމަށް ބޮންޑުކުރެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.