English Edition
Dhivehi Edition

ރާއްޖޭގެ ފުރަތަމަ އަންހެން މޭޔަރަކަށް ޝިފާ މުޙައްމަދު އިންތިޚާބުކޮށްފިއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ ގަލޮޅު އުތުރު ދާއިރާއިން ކައުންސިލަށް ހޮވި ވަޑައިގެންނެވި ޝިފާ އަކީ ނިމިގެން ދިޔަ ދައުރުގައި މާލޭ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރެވެ. ތިންވަނަ މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ ގޮތުގައި ސިފާ މުހައްމަދު އިންތިހާބުކޮށްފައިވަނީ މިރޭ ހުވާކުރި ސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ބޭއްވި އިންތިހާބުގަ އެވެ. މާލޭ ސިޓީ ކައުންސިލްގެ މި ދައުރަށް ހޮވި ވަޑައިގެންނެވި 13 ކައުންސިލަަރުންގެ ތެރެއިން އެންމެ ކައުުންސިލަރެެއް ފިޔަވައި ދެން ތިއްބެވި ހުރިހާ ކައުންސިލަރުންނަކީ ވެސް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓްގައި ވާދަކުރެއްވި ބޭފުޅުންނެވެ.