English Edition
Dhivehi Edition

ސްޓަރޕްލަސް އިން މިހާރު ދައްކަމުންދާ މަޝްހޫރު ޑްރާމާ ސިލްސިލާ “އަނޫޕަމާ” ގެ އެކްޓްރެސް މަދަވީ ގޮގަޓޭގެ ކުއްލި މަރާއެކު އެ ޑްރާމާގެ ތަރިންނަށް ލިބިފައިވަނީ ވަރަށް ބޮޑު ހިތްދަތިކަމެކެވެ. އެ ޑްރާމާގައި މަދަވީއަކީ، ލީޑް ތަރި ރުޕަލީ ގަންގުލީ (އަނޫޕާމާ)ގެ މަންމައެވެ.

އުމުރުން 58 އަހަރުގައި މަދަވީ މަރުވީ އިއްޔެގެ ވަގުތެއްގައި މުމްބާއީގެ ސެވެން ހިލްސް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

މާދާވީގެ މަރާއެކު އަނޫޕާމާގެ ރޯލު ކުޅޭ ރުޕާލީ ގަންގުލީ ވަނީ މާދާވީއާއެކު ނަގާފައިވާ ފޮޓޯއަކާއެކު އިންސްޓަގުރަމުގައި ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އެ ފޮޓޯގައި އޭނާ ބުނެފައި ވަނީ އެތައް ވާހަކައެއް ނުބުނެވިވާ ކަމަށެވެ. މީގެ އިތުރުން ޑްރާމާގެ ތަރިން ވަނީ އޭނާ ވަކިވެދިޔައީ މާ އަވަހަށް ކަމަށާއި ދެން އޭނާގެ އެ ރީތި ހިނިތުންވުމާއި އެ ހިތްހެޔޮ މިޒާޖުވެސް ނުފެންނާނެކަމަށް ބުނެފައެވެ. އަދި އެމީހުން އަބަދުވެސް އޭނާ މަތިން ވަރަށް ހަނދާންވާނެކަމަށް ޑްރާމާގެ ތަރިން ވަނީ ބުނެފައެވެ.

.އަނުޕަމާ ޑްރާމާއަކި މިހާރު ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ ކާމިޔާބު އެއް ޑްރަމާއެވެ. މިޑްރާމާއަކީ ހަގީގީ ދިރިއުޅުމުގައި ވެސް ދިމާވާ ކަންތައްތައް ވަރަށް ތަފްސީލީ ގޮތެއްގައި ގެނެސް ދެމުން އަންނަ ޑްރާމާއެކެވެ.

އިންޑިޔާގައި މި ސިލްސިލާ ގަވާއިދުން ބަލާ މީހުންގެ އަދަދު ހަތަރު މިލިއަނަށް ވުރެ ގިނަ ކަމަށް އެންމެ ފަހުގެ ޓީއާރުޕީ ޗާޓުން ދައްކަ އެވެ. މިހާރު މި ޑްރާމާގެ އެންމެ ޝައުގުވެރިވާ އަދި ބެލުންތެރިން އެންމެ ހިތްހަމަޖެހޭ ހިސާބަށް ވަނީ އާދަވެފަ އެވެ. އެހެންވެ ޝޯގެ އެންމެ އެޕިސޯޑެއް ވެސް ނުބަލާ ދޫކޮށްލުމަކީ މި ޝޯގެ ފޭނުން މިހާރު ހިތް އެދޭ ކަމެއް ނޫނެވެ.