English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ކައުންސިލާއި ބަންގްލަދޭޝް ހައިކޮމިޝަނަރ ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ހަސަން ބައްދަލު ކުރައްވައިފިއެވެ.
އިއްޔެ ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ފުވައްމުލައް ސިޓީގެ ތަރައްޤީއަށް ހުރި ފުރުސަތުތަކާއި، މީހުން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާއި، ވިސާގެ ކަންކަމާއިގުޅޭ ގުޅޭގޮތުން މޭޔަރު އިސްމާޢިލް ރަފީޤު ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކަށް ކުރިއަށް އޮތް ތަނުގައި ބަންގްލަދޭޝްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ބަންގްލަދޭޝް ހައިކޮމިޝަނަރ ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ހަސަން ވަނީ ދެއްވާފައެވެ.
ބަންގްލަދޭޝް ހައިކޮމިޝަނަރުގެ މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންނާއި ބައްދަލުކުރެއްވިއެވެ. އަދި އެ މީހުންނަށް އަމާޒުކޮށް ޔޫތް ސެންޓަރު ހޯލުގައި “ފްރީ ފްރައިޑޭ” ނަމުގައި މެޑިކަލް ކޭމްޕެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.