English Edition
Dhivehi Edition

މަތީގައިވާ ފޮޓޯގައި އެވަނީ ބޮލީވުޑްގެ ވަރަށް މަޝްހޫރު ތަރިއެކެވެ. އެކަމަކު މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ފޮޓޯތަކުން މީ ކޮން ތަރިއެއްކަން ގިނަ ބަޔަކަށް ނޭގި ހިގައިދާނެއެވެ.

މީ 2013 ވަނަ އަހަރު ނިކުތް މަޝްހޫރު ފިލްމު ‘ދޫމް3’ ގައި ހެއްވާމަޖާ ރޯލެއް ކުޅެފައިވާ އުދޭ ޗޯޕްރާއެވެ. އެ ފިލްމުގައި އަލީގެ ރޯލުން ފެނިގެން ދިޔަ އުދޭ އަކީ އޭނާގެ ރީތި ހަށިގަނޑަށް ގިނަ ބައެއްގެ ތައުރީފު އޮހުނު ތަރިއެކެވެ. އެހެންނަމަވެސް ދުވަސްތަކަކަށްފަހު އުދޭ ފެނުނު އިރު މިވަނީ ކާކު ކަން ނޭގޭ ވަރަށް މީހާ ބަދަލުވެފައެވެ. 44 އަހަރުގެ އުދޭ އިމްރާނު ހާޝިމީ ދިރިއުޅޭ ގޭގެ ކައިރީގައި ހުއްޓާ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބަޔަކަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. އުމުރަށްވުރެ މާ މުސްކުޅިކޮށް މީހާ ދައްކާ އިރު ކުރީގެ ރީތި ހަށިގަނޑަށްވަނީ ވަރަށް ބޮޑަށް ބަދަލުތައް އައިސްފައެވެ.

އުދޭގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އޭނާގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކުރަމުންނެވެ. ކުރިން ސިއްހަތާއި ހަށިގަނޑަށް ބަލައިގެން އުޅުނު އުދޭ އަށް މިހާ ބޮޑު ބަދަލެއް އައި ސަބަބަކީ ކޮބައިތޯ ގިނަ ބަޔަކުވަނީ ސުވާލުކޮށްފައެވެ. 2013 ވަނަ އަހަރު ދޫމް ކުޅުމަށްފަހު ފިލްމީ ދާއިރާ އާއި ދުރުގައި އުޅެމުންދާ އުދޭ އާއި ނަރުގިސް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައްވެސްވަނީ ފެތުރިފައެވެ.

ޓެގު