English Edition
Dhivehi Edition

ރައްޔިތުން ނިކުމެ ފަކީރާ ހިފައިގެން ވިލިނގިލި ބަނދަރު އަމިއްލައަށް ކޮންނުންވެސް މާ ރަނގަޅުކަމަށް، ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ހުސަޢިން ވިދާޅުވެއްޖެ.

2022 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް ފާސްކުރުމަށްޓަކައި ބަހުސްކުރުމަށް 09 ނޮވެމްބަރު 2021 ވީ އަންގާރަ ދުވަހު ބޭއްވި 2021 ވަނަ އަހަރުގެ ތިންވަނަ ދަޢުރުގެ ސަތިރީސް ވަނަ ޖަލްސާގައި، ވާހަކަފުޅު ދައްކަވަމުން ސަޢުދު ވިދާޅުވީ، ވިލިނގިލި ބަނދަރުގެ މަޝްރޫޢު 2015 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ ކަމަށާއި މި ބަނދަރު ކޮންނަމުން، ދާއިރު އަދިވެސް މި ބަނދަރު ނިމޭކަމަކަށް ލަފާނުކުރެވޭ ކަމަށެވެ. އަދި ބަނދަރު ނިމޭ ތަނެއްވެސް ނުފެންނަކަމަށް ސައުދު ވިދާޅުވިއެވެ،

އިތުރަށް ސަޢުދު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ގޮތަށް ވިލިނގިލި ބަނދަރު ނިމިގެން ދިއުމަކީ ސަރުކާރުގައި އޭނާ އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް، ބާރު ސުޕީޑުގައި މި މަސައްކަތް އެމް. ޓީ.ސީ.ސީ އިން ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

2022 ވަނަ އަހަރު ދަޢުލަތުގެ ބަޖެޓުން ގއ.ވިލިނގިއްޔަށް ކަނޑައަޅާފައިވަނީ 37 މިލިއަން ރުފިޔާ އެވެ.