English Edition
Dhivehi Edition
އިކޮނިމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް

ކާމިޔާބާ ހަމައަށް ވާސިލުވުމަށް ގިނަ ގޮންޖެހުންތަކެއް އެމްޑީޕީއަށް ކުރިމަތިވި ކަމަށާއި އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީގެ އެތެރޭގައި ހުރި ގޮންޖެހުންތައްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ދެއްވި ވީޑިއޯ ހިތާބުގައި ފައްޔާޒު ވިދާޅުވީ އެތެރޭގެ ގޮންޖެހުންތަކުން ކުރިމަތިވި ތަކުލީފުތަކަކީ ސިޔާސީ ޕާޓީއަކުން ތަހައްމަލުކުރާނެ އުނދަގޫ މަރުހަލާއެއް ކަމަށެވެ، ކެތްތެރިކަމާ އެކު ޕާޓީގެ އަސާސް ހިފެހެއްޓި އެމްޑީޕީގެ އަސާސް ކަމުގައިވާ ޑިމޮކްރަސީގެ ހަމަތައް އެންމެ ކުރިއަށް ނެރެގެން، ހިތި ހަގީގަތްތަކާ އެކު ހިތުގެ އެއްފަޅީގައި އެ ހިތާމަ ބަނދެގެން އެމްޑީޕީން ބަރުދާސްތު ކުރި ކުރުން، އެއީވެސް ލިބުނު ފުން ތަޖުރިބާއެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ ފުރުސަތު އޮތް ޕާޓީއެއް ކަމަށާއި އެ ޕާޓީގައި ކުރިއަށް ދިއުމަށް ހަސަބާ ނަސަބަށް ނުބަލާނެ ކަމަށެވެ. އަދި އެއްވެސް ފަރުދަކަށްވުރެ އެމްޑީޕީ މާބޮޑުވާނެކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ އެ ފަލްސަފާ އެމްޑީޕީގައި އަށަގަތުމަކީ ލިބުނު ކާމިޔާބީއެއް ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެ ޕާޓީ އުފެއްދުމުގެ އެންމެ ބޮޑު އިސް ރޯލެއް އަދާކުރެއްވި ރައީސް ނަޝީދު ވަނީ އެ ޕާޓީން ވަކިވެފައެވެ.