English Edition
Dhivehi Edition
ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

“މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު” އަލުން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް ހަޔާ އެޑިއުކޭޝަނ މިނިސްޓްރީން ފަށައިފިއެވެ.

މިނިމަންވޭޖް އެޑްވައިޒަރީ ބޯޑުގެ ބޭނުމަކީ ވިޔަފާރިކުރާ ތަންތަނާއި މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސއްކަތްކުރަމުން ދާގޮތް ބަލައި މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާ ދިނުމެވެ. މި ބޯޑަކީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.

ހަޔާއެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ “މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު” ގައި ބައިވެރިވާން އެދޭ ޖަމިއްޔާ ޖަމާއަތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން މި މިނިސްޓްރީގައި ނަން ނޯޓު ކުރުމަށް ހުޅުވާލާ ކަމަށެވެ.

އެ ބޯޑުގައި ހިމެނެނީ ފަތުރުވެރި ކަމުގެ ދާއިރާ ތަމްސީލުކުރާ ޖަމިޔާތަކުގެ ފަރާތަކާ, ކޮންސްޓްރަކްޝަންގެ ސިނާއަތުގެ ދާއިރާ ތަމްސީލުކުރާ ޖަމިއްޔާތަކުގެ ފަރާތަކާ, އަންހެން ވިޔަފާރިވެރިންގެ ދާއިރާ ތަމްސީލުކުރާ ޖަމިއްޔާތަކުގެ ފަރާތަކާ, ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ ތަމްސީލުކުރާ ޖަމިއްޔާތަކުގެ ފަރާތަކާ, ވަޒީފާ އަދާކުރާ ފަރާތްތައް ނުވަތަ މަސައްކަތްތެރިން ތަމްސީލުކުރާ ޖަމިއްޔާތަކުގެ ފަރާތެކެވެ.

މި ދާއިރާއެއްގެ ފަރާތުން “މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު” ގައި ތަމްސީލު ވާން ޝައުގުވެރިވާ ފަރާތްތަކުން، ފޯމު މި މަހުގެ 25 ގެ ކުރިން ފުރަން ޖެހޭކަމަށް ހަޔާ އެޑިއުކޭޝަނުން މިއަދު ވަނީ ބުނެފައެވެ.