English Edition
Dhivehi Edition

ގދ. ތިނަދޫގައި ހުންނަ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ފާމަސީގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.

ސަރުކާރުން ސިއްޙީ ހިދުމަތް ފުޅާކޮށް ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން 01 ނޮވެންބަރުން ފެށިގެން ގދ. ތިނަދޫ އެސްޓީއޯ ފާމަސީގެ ހިދުމަތްދޭ ވަގުތު 24 ގަޑިއިރަށް ވަނީ ބަދަލުކޮށްފައެވެ.

އެސްޓީއޯ ރީޖަނަލް ފާމަސީގެ މެނޭޖަރު އަހްމަދު ޝިޔާޛު ނައީމް ވިދާޅުވީ، އެސްޓީއޯ މެޑިކަލްސް އިން ހިންގާ ތިނަދޫ ފާމަސީގެ ހިދުމަތް މިއަދުން ފެށިގެން 24 ގަޑިއިރަށް ބަދަލުކޮށްފައި ވަނީ، ފާމަސީގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ކޮންމެ ވަގުތަކުވެސް ހިދުމަތް ލިބިދިނުމުގެ ގޮތުން ކަމުގައެވެ.

އެސްޓީއޯ ތިނަދޫ ފާމަސީގެ ހިދުމަތް ކުރިން ދެމުން ގެންދިޔައީ ހެނދުނު 08:00 އިން ރޭގަނޑު 12:00 އާއި ހަމައަށެވެ. އެއީ 16 ގަޑިއިރަށެވެ.