English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ނައިބު ފައިސަލް ނަސީމް, ބޮލީވުޑްގެ މަޝްހޫރު ތަރި އަރްބާޒް ހާން އާއި ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި އަރުބާޒް ވަނީ ޕާފޯމެންސްޓް އާޓްގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދޭން ޝައުގުވެރިކަން ފާޅުކޮށްފައެވެ. މި ބައްދަލުވުމުގައި، ރާއްޖޭގެ ފިލްމީ ދާއިރާ ކުރިއަރުވަން އެކި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

އާރްބާޒް ހާން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވަނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އަރްބާޒް ބުނީ ލޮކްޑައުންގެ ސަބަބުން ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރުކޮށްފައި ކަމަށާއި ރާއްޖެއަށް އައީ ލޮކްޑައުން ފަދަ ޕްރެޝަރު ދުވަސްތަކަކަށް ފަހު ހިތްހަމަޖައްސައިލަންކަމަށެވެ. އަދި ނަފުސާނީ އުނދަގުލުން ހިތްހަމަޖެހުމުގެ މާހައުލުކަށް ނުކުތުމަށް އެންމެ އެކަށީގެންވާ ތަނަކީ ރާއްޖެކަމަށް އަރްބާޒް ވަނީ ބުނެފައެވެ.

އެކްޓު ކުރުމުގެ އިތުރުން ފިލްމު ޑައިރެކްޓްކޮށް ޕްރޮޑިއުސްކުރާ އާރްބާޒްގެ މި ޗުއްޓީ ދަތުރުގައި ފިލްމީ މަންޒަރުތައް ނެގުމަށް ލޮކޭޝަންތައް ބެލުމަށްވެސް ވަނީ ހަމަޖެހިފައެވެ،

 

1 ކޮމެންޓް
ޢނ
ނޮވެމްބަރު 1, 2021
ކީކޭ ދެން ބުނާނީ. އިންޑިޔާގަވެސް ސެލެބްރިޓީ އަކަށް ނުބަލާ މީހުން ގެނެސް ރައީސް އޮފީހަށް ޥައްދައިގެން. ކޮބާ ބޭނުމަކީ. ރައީސް ޢޮފީސް ވެސް ޢައްޑައަކަށް ހަދައިފި