English Edition
Dhivehi Edition
އައްޑޫ ސިޓީ މީދޫ ފޮޓޯ: އޭއޯ ނިއުސް

ޕީސީއާރް ޓެސްޓު ނަހަދާ ދަތުރު ކުރެވޭނެ ރަށްތަކުގެ ލިސްޓަށް އައްޑޫ ސިޓީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިތުރުކޮށްފިއެވެ.

މި މަހުގެ 26 ވަނަ ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމު ކުރި އެ ލިސްޓްގައި ޕީސީއާރް ނަހައި ދަތުރު ކުރެވޭނެ ލިސްޓަށް އައްޑޫ ހިމަނާފައިވާއިރު އެ ސިޓީ އޮތީ މޮނީޓަރިންގައެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު އެ ސީޓިގައި އަންނަނީ ކާފިއު ހިންގަމުންނެވެ.

ވެކްސިން ޖަހަންޖެހޭ އާބާދީގެ 90 ޕަސެންޓު މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ރަށް ރަށަށް ޕީސީއާރު ޓެސްޓު ހެދުމަކާ ނުލައި ދަތުރު ކުރެވޭނެ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ.

އެގޮތުން 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމާއި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމުގެ އިތުރުން ގެސްޓްހައުސް ހުންނަ ރަށްރަށުގައި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މީހުންނާއި ޓޫރިސްޓު ހިދުމަތުގައި މަސައްކަތްކުރާ މީހުންގެ 95 ޕަސެންޓް ވެކްސިން ފުރިހަމަވެފައިވާ ނަމަ، އެރަށަކަށް ޕީސީއާރު ޓެސްޓު ނުހަދައި ދަތުރު ކުރެވޭނެ އެވެ.