English Edition
Dhivehi Edition
އައްޑޫގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ/ ފޮޓޯ އޭއޯ ނިއުސް

ކޮވިޑް ބަލީގައި އައްޑޫ ސިޓީ އިން ރޭ ނިޔާވި މީހާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ކޮވިޑް ބަލި ޖެހި ހާލަތު ގޯސްވުމުގެ ސަބަބުން އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ރޭ މެންދަމު 2:15 ހާއިރު ނިޔާވެފައިވަނީ 81 އަހަރުގެ ދިވެހި އަންހެނެކެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީއިން ކޮވިޑްގައި މަރުވި އަންހެންމީހާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް ބުނެ އެމީހާގެ އާއިލާއިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ތަހުގީގުކުރަމުންދާ އިރު މިކަމާއި ގުޅިގެން އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.