English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ދުޅަހެޔޮ ރަނގަޅު ޖީލެއް ބިނާކުރެވޭނީ ގުޅިގެން އެކުގައި މަސައްކަތް ކުރެވިގެންކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ޤުރުއާނާ ބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފިން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ޤައުމާއި ރަށް ކުރިއެރުވޭނީ އެކުގައި މަސައްކަތް ކުރެވިގެން ކަމަށެވެ.

ދަސްކޮށްފައިހުރި އެއްޗެއްގެ ބޭނުންކޮށްގެން، ލިބިފައި ހުރި އިލްމެއްގެ ބޭނުންހިފައި، މުޖުތަމަޢުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރަންޖެހިފައިވާ ކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވަނީ މި މުޖްތަމަޢުގައި ބޮޑެތިވަމުންދާ ދަރީންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ގަދައަޅާ މަސައްކަތްކޮށްދިނުމަށް ގޮވާލާފައެވެ.

ނައިބު ރައީސް މިހާރު ފުވައްމުލައް ސިޓީއަށާއި އައްޑޫސިޓީއަށް ފަށްޓަވާފައިވާ 4 ދުވަހުގެ ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.ނައިބު ރައީސް ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 29 އޮކްޓޫބަރު 2021 ވާ ހުކުރު ދުވަހުއެވެ.