English Edition
Dhivehi Edition

ރާއްޖޭގެ ގައުމީ ޤުރުއާން ކިޔެވުމުގެ 34 ވަނަ މުބާރާތުގައި ފުވައްމުލައް ސިޓީ ތަމްސީލުކުރާނެ 30 ދަރިވަރުން ހޮވައިފިއެވެ.

މި ދަރިވަރުން ހޮވާފައިވަނީ އޯޑިޝަން ބާއްވައިގެން، ބަލައިގެން ކިޔެވުމަށް 20 ދަރިވަރުންނާއި ނުބަލައި ކިޔެވުމަށް 10 ދަރިވަރުންނެވެ. މި އޮކްޓޯބަރު މަހުގެ 22 އަދި 23 މި ދެ ދުވަހު ކުރިއަށް ދޔަ މި އޯޑިޝަނުގައި ފުވައްމުލައް ސިޓީގެ 6 ސްކޫލަކުން 106 ދަރިވަރުން ބައިވެރިވަފައި ވެއެވެ. މި މުބާރާތުގައި އޯޑިޝަނުގައި ޏ.އަތޮޅު ތަޢުލީމީ މަރުކަޒާއި ޙާފިޒް އަޙުމަދު ސްކޫލާއި މުޙައްމަދު ޖަމާލުއްދީން ސްކޫލާއި ފުވައްމުލަކު ސްކޫލުގެ އިތުރުން އައިޑިއަލް ސްކޫލުގެ އަދި ޒިކުރާ ސްކޫލުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގެ 06 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އައިޑިއަލް ސްކޫލުގެ ދަރިވަރަކު ހޮވިފައިވާއިރު 09 އަހަރުން ދަށުގެ މި ގޮފިން ހޮވިފައިވަނީ ފުވައްމުލަކު ސްކޫލުގެ ދެ ދަރިވަރެއްގެ އިތުރުން ޒިކުރާ ސްކޫލްގެ ދަރިވަރެކެވެ. 12 އަހަރުން ދަށް ބަލައިގެން ކިޔެވުމުގެ ގޮފިން އެމްޖޭއެސް ގެ ތިން ދަރިވަރަކު ހޮވިފައިވާއިރު 15 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 04 ދަރިވަރުންގެ އިތުރުން ފުވައްމުލަކު ސްކޫލް ގެ ދެ ދަރިވަރުންނާއި ޙާފިޒް އަޙުމަދު ސްކޫލުގެ ދަރިވަރަކު ވަނީ ހޮވިފައެވެ. 18 އަހަރުން ދަށް ބަލައިގެން ކިޔެވުމުގެ ގޮފިން ހޮވިފައިވަނީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިން ދަރިވަރުންނެވެ. 18 އަހަރުން މަތި ބަލައިގެން ކިޔެވުމުގެ ބައިންވެސް ހޮވިފައިވަނީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިން ދަރިވަރުންނެވެ.

މުބާރާތުގެ 9 އަހަރުން ދަށުގެ ނުބަލައި ކިޔެވުމުގެ ބައިން ޒިކުރާ ސްކޫލްގެ ދަރިވަރެއްގެ އިތުރުން އެމްޖޭއެސްގެ ދަރިވަރަކު ވަނީ ހޮވިފައެވެ. 12 އަހަރުން ދަށް ނުބަލައި ކިޔެވުމުގެ ބައިން ޙާފިޒް އަޙުމަދު ސްކޫލުގެ ތިން ދަރިވަރުން ހޮވުނު އިރު 18 އަހަރުން ދަށް ނުބަލައި ކިޔެވުމުގެ ބައިން ހޮވިފައިވަނީޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދެ ދަރިވަރުންނެވެ.

ގައުގައުމީ ގުރުމީ މުބާރާތުގެ އޮޑިޝަން ކުރިއަށް ގެންދިޔަ ގޮތާއި މެދު ބެލެނެވެރިން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު ގިނަ ބެލެނެވެރިން ވަނީ އޯޑިޝަންގައި ފަނޑިޔާރުކަން ކުރި ގޮތާއި މެދުވެސް ހިތްހަމަ ނުޖެހުންފާޅުކޮށްފައެވެ.