English Edition
Dhivehi Edition

މޯލްޑިވްސް ޕޮލިޓެކްނިކް އިން ފުވައްމުލައް ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ވޮކޭޝަނަަލް ޓްރޭނިންތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފުވައްމުލައް ސިޓީގައި 3 ޓްރޭނިންއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ

  • ނެޝެނަލް ސެޓްފިކެޓް 3 އިން ޕޭސްޓަރީ އެންޑް ބޭކަރީ
  • ނެޝެނަލް ސެޓްފިކެޓް 3 އިން ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން
  • ނެޝެނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންްސްޓާލޭޝަން އެންޑް މެއިންޓެންނަންސް

މި ޓްރޭނިންގައި ބައިވެރިވޔމަށް ޝައުގުވެރިވާ ފަރާތްތަކުން މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޯމު ހުށެހެޅުމަށް ވަނީ އެދިފައެވެ. މި ޓްރޭނިންގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ މިދާއިރާގައި މަސައްކަތްތައް ކުރާ ފަރާތަކަށް ވުމެވެ،

ފުވައްމުލައް ސިޓީގައި ޕޮލިޓެކްނިކްގެ ކޯސްތައް ކުރިޔަށް ގެންދިއުމަށް ފުވައްމުލައް ސިޓީ ކައުންސިލާއި އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ،