English Edition
Dhivehi Edition

މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ އެކަމަށް ޒުވާނުން އަހުލުވެރިކުރުމާއިގުޅޭ ކަރިކިއުލަމްއެއް އެކުލަވާލުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

އެމްއެންޔޫ އައްޑޫސިޓީ ހިތަދޫ ކެމްޕަހުގައި ކުރިއަށް ގެންދާ މި ވޯކްޝޮޕަކީ އެމްއެންޔޫއާއި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ލީޖް. ޔުނިވަރސިޓީ އޮފް ޕެރިސް އަދި އިކޮނިމިކް ޔުނިވަރސިޓީ އޮފް ބްރަޓިސްލާވާ ގުޅިގެން އެމްއެންޔޫ މާލޭ އަދި ހިތަދޫގައި ކިޔަވައިދެއްވާ ލެކްޗަރާއިންނަށް އަމާޒުކޮށް ހިންގާ ވޯކްޝޮޕެކެވެ.

އާދިއްތަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސާދިޤު އާއި އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފު އާއި ޔުނިވަރސިޓީތަކުގެ ބޭފުޅުންނާއި އަދި އެމްއެންޔޫއާއި ހިތަދޫ ކެމްޕަސްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިހާރުވެސް އެމްއެންޔޫ ގައި އެންވައިރޮމެންޓް މެނޭޖްމަންޓް ޕްރޮގްރާމެއް އޮންނަ އިރު، މިހާރު ކުރެވެމުންދަނީ އެއަށް އިތުރުކުރެވޭ ކްލައިމެޓް ޗޭންޖް އެންޑް އެޑަޕްޓޭޝަން ކަރިކިއުލަމްގެ މަސައްކަތެވެ.

ވޯކްޝޮޕާއި ބެހޭ ގޮތުން މިކަމުގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވާ ފާތިމަތު ޝާދިޔާ ވިދާޅުވީ އައްޑޫސިޓީގައި މިވޯކްޝޮޕް ކުރިއަށްދާއިރު ބައިވެރިންނަށް ތިމާވެއްޓާ ގުޅުންހުރި ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރުމަށް ފުރުސަތު ލިބުމާއެކު ކަރިކިއުލަމް އެކުލަވާލުމުގައިވެސް މުހިއްމު މަޢުލޫމާތު ތަކެއް އެއްކުރެވޭނެ ކަމަށެވެ، އިތުރަށް ޝައުނާ ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ އެހީގައި 3 އަހަރު ދުވަހުގެ ތެރޭ އެކުލަވާ ލެވޭ މި ކަރިކިއުލަމް އާއެކު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިރިއުޅުމަށް ގެންނާނެ ބަދަލުތަކާއި ތިމާވެއްޓާއި ގުޅުންހުރި މާޙައުލެއް ބިނާކުރާނެ ގޮތާއި ފަހުގެ ޓެކްނިލޮޖީއާއެކު އުޅެންދަސްކުރާނެ ގޮތުގެ ދިރާސާތަކެއް ހެދިގެންދާނެކަމަށެވެ.

އައްޑޫ ސިޓީއަކީ، މޯލްޑިވްސް ޕްރޮޓެކްޓެޑް އޭރިއާ ސިސްޓަމްސް ގެ ދަށުން ޙިމާޔަތް ކުރެވިފައިވާ ނާޒުކު ތިމާވެއްޓެއް އޮތް ނޭޗަރ ޕާކާއި އެނޫނަސް ޤުދުރަތީ ކުޅިތަކާއި އެހެނިހެން ގިނަ ވަސީލަތްތައް ހިމެނެއެވެ.