English Edition
Dhivehi Edition
އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ ހިނގާލުން ފޮޓޯ: ސޯޝަލް މީޑިއާ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން ހިންގާފައިވާ އަޑިނޭނގޭ ގުޅުންތަކުގެ ސަބަބުން ދިވެހި ގައުމުގެ މިނިވަން ކަމަށް ލޮޅުންއަރާފައިވާ ކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން އިންތިޒާމުކޮށްގެން އިއްޔެ ކުރިއަށް ގެންދިޔައ ސުލްހަވެރި ހިނގާލުމުގައެވެ. އަބްދުއްރަހީމް ވިދާޅުވީ މި ގައުމުގައި އިންޑިއާ ސިފައިން ބައިތިއްބަން ފުރުސަތު ދިނީ ރައީސް ސޯލިހުގެ ސަރުކާރުން ކަމަށާއި އެހެންކަމުން މި ގައުމަށް އެންމެ ބޮޑު ހިޔާނާތެއްވި، ބޭފުޅަކީ ރައީސް ސޯލިހު ކަމަށެވެ.

ރައީސް ސޯލިހްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަކީ ވެސް ހިޔާނާތްތެރިންގެ ގޮތުގައި ސިފަކުރައްވާފައެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ އިންޑިއާ ސިފައިންނާއި އަދި އެހެންވެސް އިސްތިއުމާރީ ބާރެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހިން އެދޭނެ އަދި އެކަމަށް ފުރުސަތު ވެސް ދޭނެ ކަމެއް ނޫންކަމަށެވެ. ންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށްދާ ހަރަކާތް ދެން ނުހުއްޓުވޭނެކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވަނީ އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި ގޮވާލުންތަކުގައި ބައިވެރިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދެން އިތުރުވާނެ ކަމަށް ވިދާޅުވެފައެވެ.