English Edition
Dhivehi Edition

ޒުވާނުންގެ ދުވަހާއި ގުޅިގެން ގއ މާމެންދޫގައި އެކި އެކި ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ގއ މާމެންދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތް ސުޕޯރޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިތުރަށް އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ ޔެސް މާމެންދޫ ގުޅިގެން އެރަށުގައި މިދުވަސް ކުލަގަދަކޮށް ދަނީ ފާހަގަކުރަމުންނެވެ. މި ހަރާކާތްތައް މިއަދާއި މާދަމާ ދެމެދު ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތްތައް އެންމެ ފުރަތަމަ ފަށައިފައިވަނީ މިއަދު ހެނދުނު 7:00 ގައި އެރަށު ގޮނޑުދޮށް ސާފްކުރުމުގެ ޙަރަކާތްތަކާ އެކު އެވެ. އެއަށްފަހު މިއަދު ހަވީރު16:00 ޖެހިއިރު އެރަށު އިރުމަތި ސުޓޭޑިއަމް ސަރަހައްދުގައި ގޯނި ރޭސް، ހުނި ގޭނުން އަދި ދެ ޖިންސް ވަކި ވަކިން 6 ބައިވެރިންގެ ޓީމެއް ގޮތުގައި “ވާދެމުން” މި ކުޅިވަރުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަދި މި އާއި އެކު މިރޭ 20:00 ޖެހިއިރު ކެއްކުމުގެ މުބަރާތެއްވެސް ވަނީ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ގިނަވެގެން 10 ޓީމަކަށް، އެއީ އަންހެނުންގެ 5 ޓީމާއި ފިރިހެނުންގެ 5 ޓީމެކެވެ. ކޮންމެ ޓީމެއްގައި ވެސް ހިމެނޭނީ ގިނަވެގެން 6 މެމްބަރުންނެވެ. މި މުބަރާތުގައި ހޮވާލެވޭ 1 ވަނަ ޓީމަށް 2000ރ ފައިސާގެ އިނާމެއް ދޭން ހަމަޖެހިފައިވާއިރު، 2 ވަނަ ޓީމަށް 1500ރ އަދި 3 ވަނަ ޓީމަށް 1000ރ ގެ ފައިސާގެ އިނާމެއް ދޭން ވަނީ ހަމަޖެހިފައިއެވެ.

މާދަމާ ކުރިއަށްދާ ހަރަކާތްތަކަށް ބަލާލާއިރު ހަވީރު 16:00 އިން ފިރިހެނުންގެ އެކުވެރިކަމުގެ ފުޓްބޯޅަމެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާ ރޭ 20:15 ގައި އަންހެނުންގެ އެކުވެރިކަމުގެ ހޭންޑް ބޯލްމެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

2021 ވަނަ އަހަރުގެ ޒުވާނުންގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިއުމަށް މި ހަރަކާތްތައް ހަމަޖެހިފައިވާއިރު މި ހަރާތްތަކުގައި ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

1 ކޮމެންޓް
ޒަމ8
އޮކްޓޯބަރު 23, 2021
ކުޅިވަރު ނިންމާފަ ވަޅި ނުޖެހިއްޔާ ރަގަޅު