އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ 2021 ވަނަ އަހަރުގެ 41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް މާލެއަތޮޅު ގާފަރުގައި ބާއްވާ ޙަފްލާގައި މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ މާލެ އަތޮޅުން ހޮވާލެވޭ އެންމެ ޚިދުމަތްތެރި ކެޔޮޅަކާއި އެންމެ ތަޖުރިބާ ކެޔޮޅު ހޮވާ، އެދެފަރާތަށް ޚާއްޞަ އެވޯޑެއް ދޭގޮތަށް ހަމަޖެހިފައިވާކަމަށެވެ، މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ 35 އަހަރުން ދަށުގެ މަސްވެރިންނަށެވެ.
މިދެއެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ.
މިއެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، މިކަމަށް ހާއްސަކޮށްފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު 15 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށްވަނީ އެދިފައެވެ.
ކެޔޮޅުންގެ އެވޯޑަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމާއި ކުރައިޓީރިޔާ މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv ން ޑައުންލޯޑު ކުރެވޭނެކަމަށްވެސް އެ މިނިސްޓްރީންވަނީ ބުނެފައެވެ.
މިނިސްޓްރީން ވަނީ މި އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ [email protected] މެއިލްކުރުމަށް އެދިފައެވެ.