English Edition
Dhivehi Edition

ގދ.ނަޑެއްލާ ސިއްޙީ މަރުކަޒުގެ ލެބޯޓްރީ ހިދުމަތް ދޭން ފެށިއްޖެއެވެ.

ގދ.ނަޑެއްލާ ސިއްޙީ މަރުކަޒުގެ ލެބޯޓްޓްރީ ޙިދުމަތް 17 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހު ފެށުނުއިރު ނަޑެއްލާ ސިއްޙީ މަރުކަޒުގެ ލެބޯޓްރީން 6 ޓެސްޓެއް ހެދޭނެ ކަމަށް ވަނީ އިޢުލާން ކުރެވިފައެވެ.

އޭއޯ ނިއުސް އާއި ވާހަކަ ދައްކަމުން ގދ.ނަޑެއްލާ ސިއްޙީ މަރުކަޒުގެ މެނޭޖަރ ފަސީޙް އަލީ ވިދާޅުވީ މަޑަވެލި ސިއްޙީ މަރުކަޒަކީ 2006 ވަަނަ އަހަރުން ފެށިގެން ޙިދްމަތް ދެމުން އަންނަ ތަނެއް ކަމަށެވެ. ކުރިން ލެބޯޓްރީ ޙިދުމަތް ދެވިފައިވާ އުސޫލަކީ މޮބައިލް ލެބްގެ އުސޫލުން ނެގޭ ސާމްޕަލްތައް ގދ.ތިނަދޫ ޑރ.އަބްދުޢްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވައިން ކަމަށެވެ. އަދި އެންމެ އާދައިގެ ޕްރެގްނެންސީ ޓެސްޓެއް ހަދަން ގދ.ތިނަދޫއަށް ފޮނުވަން ޖެހުމަކީ ވެސް ގޮންޖެހުން ހުރި ކަމެއް ކަމަށެވެ.

ލެބޯޓަރީގެ ޙިދުމަތް ފެށުމާއިއެކު ލެބޯޓަރީން ވަނީ ޕްރެގެނަންސީ ޓެސްޓް، ހަކުރު ޓެސްޓް، ލިވަރ ފަންކްޝަން ޓެސްޓް، ކިޑްނީ ފަންކްޝަން ޓެސްޓް، ލިވިޑް ޕްރޮފައިލް އަދި ހިތުގެ ޓެސްޓް ހެދޭނެ ކަމަށް އިޢުލާން ކޮށްފައެވެ. އަދި ސިއްޙީމަރުކަޒުގެ ލެބޯޓަރީން ހެދެން ނެތް ޓެސްޓްތަކަށް ސިއްޙީމަރުކަޒުގެ ޑޮކްޓަރު ގެ ލަފާގެ މަތިން، ސާމްޕަލް ނަގައި ޑރ.އަބްދުޢްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވައިގެން ހަދަން ނިންމާފައިވާ ކަމަށް މެނޭޖަރު ވަނީ ވިދާޅުވެފައެވ. ސާމްޕަލްތައް ފޮނުވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު ކަމަށްވެސް ފަސީޙް ވިދާޅުވިއެވެ.

މީގެ އިތުރުން ކުއްލި ޙާލަތުގައި ހަދަންޖެހޭ ޓެސްޓްތަށްވެސް ޑޮކްޓަރުގެ ލަފާގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށްވެއެވެ. އިތުރަށް ފަސީޙް ވިދާޅުވީ އަދުގެ ސަރުކާރުގެ ވައުދެއްގެ ގޮތުގައި ހިމެނުނު ލެބޯޓަރީގެ މަސައްކަތްނިމި ޙިދުމަތް ފެށުން ލަސްވެފައިވަނީ ނަޑެެއްލާ މޮނިޓަރިންގއަށް ލުމުގެ ސަބަބުން ކަމަށާއި މޮނިޓަރިންގ އުވާލުމާއިއެކު ލެބް ޓެކްނީޝަނެއް ހަމަޖެހި ޙިދުމަތް ފެށުނު ކަމަށެވެ. ލެބް ހުޅުވުނު ކަމުގައިވިޔަސް އަދި ސިއްޙީ މަރުކަޒުގެ ޙިދްމަތް ދެވިގެންދަނީ ދަރަޖަ އެކެއް ގެ ދަށުން އަށް ގަޑިއިރު ކަމަށާއި، ސެޕްޓެމްބަަރު މަހުގެ ތެރޭގައި ދަރަޖަ ދޭއް ގެ ދަށުން ޙިދުމަތް ދިނުމަށް އެދިފައިވީ ނަމަވެސް 16 ގަޑިއިރަށް ޙިދުމަތް ދިނުމަށް އިތުރު މުވައްޒަފުން ބޭނުންވާނެ ކަމަށެވެ.

އޭއޯ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން މަޑަވެލި ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ ނަޑެއްލާގައި ކުދި ކުދި ޓެސްޓް ހެދުމަށް ކުރަންޖެހޭ ޚަރަދު ކުޑަ ކުރުމާއި، އުފުލަން ޖެހޭ ބުރަ ކުޑަކުރުމަކީ ފިރުޝާން އާއި ސަރުކާރުގެ ވަޢުދެއް ކަމަށާއި ވަޢުދާއި އެއްގޮތަށް ނަޑެއްލާގައި ލެބޯޓަރީގެ ޚިދުމަތް ފެށިގެން ގޮއްސި ކަމަށެވެ. އަދި މިކަމުގެ ސަބަބުން ނަޑެއްލާގެ ރައްޔިތުންނަށް ކުރިއަށްވުރެ ފަސޭހަ ޚިދުމަތްތަކެއް ސިއްޙީ ދާއިރާއިން ލިބިގެންދާނެކަމާށާއި އަދި އާންމު ދިރުއުޅުމަށް އިތުރު ލުޔެއް ލިބިގެންދާނެކަމަށެވެ. އަދި މިކަމަށްޓަކައި އަދުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށާއި، ހެލްތު މިނިސްޓަރ އަޙުމަދު ނަސީމަށް ފިރުޝާންގެ އަމިއްލަ ނަމުގައާއި، ނަޑެއްލާގެ އެންމެހައި ރައްޔިތުންގެ ނަމުގައި ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާކަމަށެވެ.

ނަޑެއްލާ ސިއްޙީ މަރުކަޒު ހުޅުވިގެން ދިޔައީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން 13 އޮކްޓޯބަރގައި ލެބޯޓަރީ އިންސްޕެކްޝަން ހެދުމަށް ފަހުއެވެ.