English Edition
Dhivehi Edition
އައްޑޫ ސިޓީ މީދޫ ފޮޓޯ: އީމާން

އައްޑޫ ސިޓީ މީދޫ ފަނޑިޔާރު މިސްކިތް، ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށްޓަކައި ނޮމިނޭޝަން ޑޮޒިއަރ އަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ މަސައްކަތް ސަޤާފީ ތަރިކަ ރައްކާކުރާ ޤައުމީ މަރުކަޒުން ކުރަމުން ގެންދާކަމަށެވެ، އަދި މި މަސައްކަތުގެ ތެރެއިން ސ.މީދޫ ފަނޑިޔާރު މިސްކިތް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތްވެސް އެ މަރުކަޒުން ކުރަމުން އަންނަކަމަށެވެ.

އެހެންކަމުން ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށްޓަކައި ނޮމިނޭޝަން ޑޮޒިއަރ އަށް ބޭނުންވާ މަޢުލޫމާތު 20 ދުވަހުގެ ތެރޭގައި އެއްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަޢުލޫމާތު ފޯރު ކޮށްދިނުމަށް ހުށަހަޅާ އެސްޓިމޭޓް 21 އޮކްޓޯބަރ 2021 ގެ 10:00 އަށް މީދޫ އަވަށު އޮފީހަށް ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ޑޮޒިއަރ އަށް ބޭނުންވާ މަޢުލޫމާތު ތަކުގެ ސުވާލު ކަރުދާސް: : https://docs.google.com/document/d/1Pml89j6et-v-VVQwwye8sMUaPT9qg6kC/edit?usp=sharing&ouid=101785490892086838833&rtpof=true&sd=true