English Edition
Dhivehi Edition
މެމްބަރު ފިރުޝާން: ފޮޓޯ މަޖިލިސް

ގދ. މަޑަވެލި އަދި ހޯނޑެއްދޫ ގުޅުވާލުމަށް އަލުން ހަދާ ކޯސްވޭގެ އެއްބަސްވުމުގައި އަންނަ ހަފްތާގައި ސޮއިކުރާނެ ކަމަށް ޕްލޭނިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ކުރީގެ ސަރުކާރުން ގދ. މަޑަވެލި އަދި ގދ. ހޯނޑެއްދޫ ގުޅުވާލާ، އަޅާފައިވާ ކޯސްވޭގެ ސަބަބުން އެ ދެރަށަށް ގެއްލުންތަކެއް ލިބެމުންދާތީ ކޯޒްވޭ އަލުން ހަދާ އެއްބަސްވުމުގައި ސޮއިކުރުން މިއަންނަ ހަފްތާގައި އޮންނާނެ ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރާ ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ، އެމަސައްކަތުގެ ޓެންޑަރ މަރުހަލާ މިހާރު ނިމިފައިވާ ކަމަށާއި ދެން އޮތީ ޕްރޮޖެކްޓް ބަޔަކާއި ހަވާލުކޮށް ކޮންޓްރެކްޓަރ އާއިއެކު ސޮއިކުރުމުގެ މަރުހަލާ ކަމަށެވެ.

“ޓެންޑަރ ޕްރޮސެސް ވަނީ ނިމިފައި. ކޮންޓްރެކްޓްގައި ސޮއިކުރުމަށް ތައްޔާރުވެގެން މިހާރު މިތިބީ. އަޅުގަނޑު ރާއްޖެއިން ބޭރުގައި ހުއްޓާ ޓެންޑަރ ޕްރޮސެސް ނިމުނީ. ހުއްދަ ލިބުމާއި އެކު އެ މަސައްކަތް ކުރަންޖެހިފައި މިއޮތީ. ހިތް އޮތީ އަންނަ ހަފްތާގައި ސޮއިކުރާނަމޭ.” މިނިސްޓަރ ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ހަރަދުކޮށްގެން ފުރަތަމަ ފަހަރަށް 2016 ވަނަ އަހަރު މަސައްކަތް ފެށި، މަޑަވެލި އަދި ހޯނޑެއްދޫގައި ތަރައްގީކުރި އެ ކޯސްވޭގެ ދިގުމިނުގައި 440 މީޓަރު ހުންނަ އިރު ފުޅާމިނުގައި 07 މީޓަރު ހުރެއެވެ.

މިހާރުގެ ކޯޒްވޭ އެއްކޮށް ބަދަލުކުރަން ނިންމާފައިވާއިރު އެ މަސައްކަތްކުރަން ހަމަޖެހިފައި ވަނީ ފެންބޮޑުވުމުގެ ފުރުސަތު ކުޑަ ޑިޒައިނަކަށް ކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.