އައްޑޫ ސިޓީގެ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯ ޑރ.މުހައްމަދު ސޯލިހު އެހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމުގެ ބަދަލުގައި މަސައްކަތް ކުރައްވަނީ އެހެން ކުލިނިކެއްގައި ކަމަށް އައްޑޫސިޓީގެ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވި ވާހަކަ ޑރ ޞޯލިޙް ދޮގުކުރައްވައިފިއެވެ.
ނިހާދުގެ ވާހަކަ އަށް ރައްދު ދެެއްވަވައި ޑރ ޞޯލިޙް ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެއްވެސް ކްލިނިކެއްގައި މަސައްކަތް ނުކުރައްވާ ކަމަށާއި، މެމްބަރު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އަދި މެމްބަރު އެ ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަފުޅެއް ކަން ފާހަގަ ކުރައްވަވަމުން ޑރ ޞޯލިޙް ވިދާޅުވީ މިދިޔަ އަހަރު ނޮވެމްބަރު މަހު މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު އެއްވެސް ކްލިނިކެއްގައި މަސައްކަތް ނުކުރައްވާ ކަމަށެވެ. މިހާރު ވެސް އައްޑޫގައި ހުންނެވި ކަމަށާއި، ކޮންމެ ދުވަހަކު ހެނދުނު އޭއީއެޗްގެ މަސައްކަތުގައި ހޮސްޕިޓަލަށް ވަޑައިގަންނަވާ ކަމަށް ޑރ ޞޯލިޙް ވިދާޅުވިއެވެ. ވަޒީފާއަށް ނުކުންނެވި ފަހުން މިހާތަނަށް ސަލާމުގައި ވެސް ނުހުންނަވާ ކަމަށް ޑރ. ޞާލިޙް ވިދާޅުވިއެވެ.
މެމްބަރު ނިހާދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ޑރ. ޞާލިޙަށް އަމާޒުވެފައިވާއިރު އޭނާ ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެހެން ކް؛ލިނިކެއްގައި ޕްރެކްޓިސް ނުކުރައްވަނީ ވެސް ރާއްޖޭގެ ސިއްޙީ ނިޒާމު ރަނގަޅު ކުރުމަށް ރައީސް ފައްޓަވާފައިވާ މަސައްކަތްޕުޅުގެ ދަށުން ހަވާލު ކުރައްވާފައިވާ މަސްއޫލިއްޔަތު ރަނގަޅަށް އަދާ ކުރެއްވުމުގެ ގޮތުން ކަމަށެވެ.
މެމްބަރު ނިހާދު އިއްޔެ ކުރެއްވެވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭއީއެޗްގެ ސީއީއޯއާ ބައްދަލުކޮއްލަން ބޭނުންފުޅުވެގެން ގުޅުއްވުމުން ތިޔަ ޑޮކްޓަރ މިވަގުތު ބަލި މީހުން ބައްލަވަމުން ގެންދަވަނީ މެޑިކާގައި ކަމަށް ބުނެ ހޮސްޕިޓަލުން ޖަވާބު ދިން ކަމަށެވެ. މެމްބަރު އެ ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަފުޅެއް ކަމަށެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު އެއްވެސް ކްލިނިކެއްގައި މަސައްކަތް ނުކުރައްވާ ކަމަށެވެ. މިހާރު ވެސް އައްޑޫގައި ހުންނެވި ކަމަށާއި، ކޮންމެ ދުވަހަކު ހެނދުނު އޭއީއެޗްގެ މަސައްކަތުގައި ހޮސްޕިޓަލަށް ވަޑައިގަންނަވާ ކަމަށެވެ.
އޭއީއެޗްގެ ސީއީއޯއަކަށް އައްޔަންކުރެއްވުމުގެ ކުރިންވެސް ޑރ ސޯލިހު ވަނީ މެޑިކާގައި ސާޖަންއެއްގެ މަގާމާއި، މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު އަދާކުރައްވާފައެވެ.