English Edition
Dhivehi Edition

އައްޑޫ ސިޓީގެ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯ ޑރ.މުހައްމަދު ސޯލިހު އެހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމުގެ ބަދަލުގައި މަސައްކަތް ކުރައްވަނީ އެހެން ކުލިނިކެއްގައި ކަމަށް އައްޑޫސިޓީގެ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އޭއީ އެޗްގެ ހިންގުން ދޯދިޔާ ކަމަށް ބުނެ ރައްޔިތުން ޝަކުވާ ކުރަމުން އަންނަ މި ދަނޑިވަޅުގައި މެމްބަރު ނިހާދު ކުރެއްވެވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ސީސީއޯ އާ ބައްދަލުކުރުމަށް ގުޅާލުމުން ބުނަނީ “ބައްލަވާ ތިޔަ ޑޮކްޓަރު މި ވަގުތު ބަލި މީހުން ބައްލަވަމުން ގެންދަވަނީ މެޑިކާގައި” ކަމަށެވެ. އޭއީއެޗްގެ ސީއީއޯއަށް އައްޔަންކުރެއްވުމުގެ ކުރިންވެސް ސޯލިހު ވަނީ މެޑިކާގައި ސާޖަންއެއްގެ މަގާމާއި، މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

 

“އެއްލައްކަ ރުފިޔާގެ މުސާރައާއި ބޮޑެތި އިނާޔަތް ދީފައި އޭއީ އެޗް ހިނގުވަން ބަހައްޓާފައި ހުންނައިރު ކުރަނީ އެހެން ކަމެއް” ނިހާން ޓުވިޓަރ ގައި ވިދާޅުވިއެވެ.

ސޯލިހު، މަގާމަށް އައްޔަންކުރައްވާފައި ވަނީ މިނިސްޓަރުންގެ ނައިބުންނާއި އެއް ފެންވަރެއްގައެވެ. ނަމަވެސް މުސާރައާ އިނާޔަތްތަކާއި އެކު މަހު މުސާރައެއްގެ ގޮތުގައި 110،000 ލިބިވަޑައިގަންނަވައެވެ.

އޭއައިއެޗް ޓާޝަރީ ހޮސްޕިޓަލަށް ބަދަލުކޮށް ހޮސްޕިޓަލްގެ މެނޭޖަރުކަމުގެ މަގާމަށް ޑރ.ސޯލިހު، އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ދާދީފަހުން “އޭއޯ ނިއުސް” އަށް ދެއްވި އިންޓަވިއު އެއްގައި ސޯލިޙް ވިދާޅުވީ އޭއީއެޗަކީ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ކަމަށްވާއިރު، ހިދުމަތްތައް ދިނުމުގައި ހުރި ގޮންޖެހުންތަކާއެކު ވެސް ހޮސްޕިޓަލުން އަންނަނީ ކަންކަން ރަނގަޅުކޮށް އައްޑޫ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

 

1 ކޮމެންޓް
އަލީ
އޮކްޓޯބަރު 13, 2021
ސީއީއޯގެމައްސަލައެއްނޫން ނިހާދޫ އެއީ7:0އާއިކެރަފާނަސީމުގެ މައްސަލައެއް ތިހޮސްޕިޓަޅް ތިތާހެދިޔަނުދޭން އެއްމެބާރައްފެލުނުމީހާ މޭޔަރަކީ ދެންވާނެގޮއްބަލާ