English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ މުލީއާގެއިން ބައެއް ސާމާނު ނީލަން ކިޔަން އިއުލާންކޮށްފިއެވެ.

އިއުލާންގައިވާ ގޮތުން ނީލަން ކިއުމަށް ހަމަޖެހިފައި ވަނީ ބާވެ، ހަލާކުވެފައިވާ ބައެއް ތަކެއްޗެވެ. އޭގެ ތެރޭގައި އޭސީއާއި ދޮންނަ މެޝިން އަދި ވޯޓާ ކޫލާ ފަދަ ތަކެތީގެ ބައިތަކެވެ.

އިއުލާނުގައިވާ ގޮތުން ނީލަން ކިޔާނީ ގަލޮޅު އިރާއީ ބުކްޝޮޕް ކަންމަތީގައި ހުންނަ ލ. ރަންޖެހިކޮށީގައެވެ. ނީލަން ކިޔުން އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ 9:00 ގައެވެ. ނީލަމުގައި ބައިވެރިވާން ބޭނުންވާ މީހުން ނީލަމަށް ދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެ ކާޑުގެ ކޮޕީއެއް ގެންދަން ޖެހޭނެކަމަށް އިއުލާނުގައިވަނީ ބުނެފައެވެ.