English Edition
Dhivehi Edition

ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު މުލީއާގެ ދޫކުރައްވާ ނުކުމެވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން މުލީއާގެ ދޫކުރައްވައި ވަޑައިގެންނެވީ ފަސްޓް ލޭޑީ ފަޒުނާ އަހުމަދުގެ އާއިލީ ގެކޮޅު މ. ސަނީއަށް ކަމަށް މައުލޫމާތު ލިބެއެވެ.

ނޮވެންބަރު 17، 2018 ގައި ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ރައީސްގެ ދެކަނބަލުން މުލީއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ އެ މަހުގެ 30 ވަނަ ދުވަހު އެވެ.

ރައީސްގެ ދެކަނބަލުން މުލީއާގެ ދޫކުރެއްވި ނަމަވެސް، ހުވާކުރެއްވުމަށް ފަހު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދިރިއުޅުން މުލީއާގެއަށް ބަދަލުކުރައްވާނެކަން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު ރާއްޖޭގެ ރައީސުން ރަސްމީގޮތުން ދިރިއުޅުއްވަވާފައިވާ މުލިއާގޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި ރައީސް ނަޝީދުވެސް ވަނީ ދިރިއުޅުއްވަވާފައެވެ. އޭގެ ފަހުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެ މަނިކުފާނު މުލީއާގެ ބޭނުންކުރައްވާފައި ވަނީ އެ މަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅު ކުރެއްވުމަށެވެ. މުލީއާގެއަށް ދިރިއުޅުން ބަދަލުކުރެއްވުމުގެ ބަދަލުގައި ދިރިއުޅުއްވީ އެ މަނިކުފާނުގެ އަމިއްލަފުޅު ގެކޮޅުގައެވެ.

މުލިއާ ގެއަކީ މީގެ 104 އަހަރު ކުރިން އައްސުލްޠާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާކޮށްފައިވާ ތަނެކެވެ.