English Edition
Dhivehi Edition
SANT JULIA DE RAMIS, SPAIN - OCTOBER 01: A man dressed in the Catalonian flag confronts officers as police move in on the crowds as members of the public gather outside to prevent them from stopping the opening and intended voting in the referendum at a polling station where the Catalonia President Carles Puigdemont will vote later today on October 1, 2017 in Sant Julia de Ramis, Spain. More than five million eligible Catalan voters are estimated to visit 2,315 polling stations today for Catalonia's referendum on independence from Spain. The Spanish government in Madrid has declared the vote illegal and undemocratic. (Photo by David Ramos/Getty Images)

ކެޓެލޯނިއާ ސަރަހައްދަށް މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރުމުގެ ހައްގު މިއަދު އެ ސަރަހައްދުގައި ނެގި ވޯޓުން ލިބިއްޖެ ކަމަށް ކެޓެލޯނިއާގެ އިންގިލާބީ ލީޑަރު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ސްޕެއިންގެ ކެޓެލޯނިއާ ސަރަހައްދުގައި ނެގި، އެ ސަރަހައްދު މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރަން ފެންނަ ނުފެންނަ ވޯޓެއް ވަނީ ނަގާފައެވެ. މި ވޯޓަކީ ޤައިރު ޤާާނޫނީ ވޯޓެއް ކަމަށް ސްޕެއިންގެ އެންމެ މަތީ ޤާނޫނީ ކޯޓުން ކަނޑައަޅާފައެވެ. އަދި މި ވޯޓު ނެގިޔަ ދިނުން ހުއްޓުވުމަށް ސްޕެއިން މައި ސަރުކާރުން ވަނީ އެ ސަރަހައްދަށް ގިނަ އަދަދެއްގެ ހަތިޔާރު އެޅި ފުލުހުން ފޮނުވާފައެވެ.

ސްޕެއިން މައި ސަރުކާރުގެ ވަރުގަދަ ދެކޮޅު ހެދުންތަކާ އެކުވެސް އެ ސަރަހައްދުގައި ވަނީ ވޯޓުގެ ކަންކަން ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ގިނަ އާންމު ރައްޔިތުންނަށް ވަނީ ފުލުހުންނާ ކުރިމަތި ލުމުގެ ސަބަބުން އަނިޔާވެފައެވެ. ފުލުހުންވަނީ އެ ސަރަހައްދުގެ 92 ވޯޓިންގް ސްޓޭޝަން ބަންދު ކޮށް ވޯޓަށް ހުރަސް އަޅާފައެވެ.

މިކަމާ ގުޅިގެން މިވޯޓާ އެއްކޮޅަށް އެންމެ ބޮޑަށް އަޑު އުފުލާ ކެޓެލޯނިއާ ސަރުކާރު ކަމަށް ބުނާ ޖަމާއަތުގެ ލީޑަރު ކާލްސް ޕުއިގްޑިމޮންޓް ވަނީ ނިމިގެން ދިޔަ ވޯޓުގައި ރައްޔިތުންނަށް ލިބިގެން ދިޔަ އަނިޔާތަކަށް ބަލާ އަދި މި އުންމީދީ ދުވަހު ރައްޔިތުންނަށް ވަނީ މިނިވަން ކަން އިއުލާން ކުރުމަށް ފުރިހަމަ ހައްގު ލިބިފައި ކަމަށެވެ.

އެނާ ވިދާޅުވި ގޮތުގައި އެނާގެ ‘ސަރުކާރުން’ ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ނެގުނު ވޯޓުގެ ނަތީޖާ ކެޓެލޯނީއާގެ ޤާނޫނު ހަދާ މަޖިލީހައް ފޮނުވާނެ ކަމަށެވެ. އަދި އެ މަޖިލީހަކީ ކެޓެލޯނީއާ ރައްޔިތުންގެ މިނިވަންކަން ހިމާޔަތް ކުރާނެ ތަނެއް ކަމަށްވެސް އެނާ ވިދާޅުވިއެވެ.

އާދީއްތަ ދުވަހުގެ ވޯޓު ނިމުމާ އެކު ސްޕެއިންގެ ބޮޑުވަޒީރު ބުނެފައިވަނީ ކެޓެލޯނީއާގެ ރައްޔިތުން ‘މޮޔަ ހައްދާފާ’ ތިބި ކަމަށާއި، އެ ވޯޓަކީ ޑިމޮކްރަސީ އަށް ކުރެވުނު ޖެއްސުމެއް ކަމުގައެވެ.

ކެޓެލޯނިއާ ސަރުކާރުން ބުނާ ގޮތުގައި 800 އަށް ވުރެ ގިނަ މީހުންނަށް ވަނީ ކުރިމަތި ލުމުގެ ސަބަބުން އަނިޔާ ވެފައެވެ. ސްޕެއިން އިންޓީރިއާ މިނިސްޓްރީ ބުނި ގޮތުގައި 12 ފުލުހަކަށް އަނިޔާވެ 3 މީހަކު ވަނީ ހައްޔަރު ކުރެވިފައެވެ.