English Edition
Dhivehi Edition
ފުވައްމުލައް ހާފިޒް އަހްމަދު ސްކޫލް ފޮޓޯ: ސްކޫލް ފޭސްބުކް ޕޭޖް

ފުވައްމުލައް ސިޓީގެ ސްކޫލްތަކުގައި ކުލަގަދަކޮށް ޓީޗަރުންގެ ދުވަސް ފާހަގަކޮށްފިއެވެ.

ފުވައްމުލައް ސިޓީގެ ޙާފިޒު އަޙުމަދު ސްކޫލާއި، ފުވައްމުލަކު ސްކޫލުގެ އިތުރުން ޏ އަތޮޅު ތަޢުލީމީ މަރުކަޒުގައިވެސް މި ދުވަހާއި ގުޅިގެން ހާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ޓިޗަރުންގެ މެދުގައި ވަނީ ބެޑްމިންޓަން މެޗުތަކެއް ކުޅެފައެވެ. މީގެ އިތުރުން ޓީޗަރުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހާއްސަ ނާސްތާއެއް ބާއްވާފައިވާއިރު ދުވަހާއި ގުޅިގެން ކޭކުފެޅުމާއި ޓީޗަރުންގެ ހަރަކާތްތަކެއްވެސް ވަނީ ބާއްވާފައެވެ

މީގެ އިތުރުންޓީޗަރުންގެ މެދުގައި އެކުވެރިކަން ބަދެހިކުރުމުގެ ގޮތުން ގިނަ ހަރަކާތްތައްކެއް ކުރިއަށް ގެންގޮސްފައިވާއިރު ޓީޗަރުންނަށް ހާއްސަކޮށް ރޭގަނޑުގެ ކެއުމެއް ވެސް ވަނީ ބާއްވާފައެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް މިއަހަރުގެ މުދައްރިސުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ޓީޗަރުންނަށް އަރިސްކޮށްފައެވެ. އަދި ގައުމުގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ބިނާކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރައްވާ ބަޔަކީ މުދައްރިސުންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.