English Edition
Dhivehi Edition
އިސްލާމީ މަރުކަޒާއި އިސްލާމިކް މިނިސްޓްރީ - ފޮޓޯ: މޯލްޑިވްސް އައުޓްލުކް

މިއަދު ރައީސް އޮފީހާއި، ހުކުރު މިސްކިތް އަދި އިސްލާމީ މަރުކަޒަށް ކުޑަކަމު ގޮސްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ރައީސް އޮފީހުގެ ގޭޓު ކައިރިއަށާއި ހުކުރު މިސްކިތުގެ އިތުރުން އިސްލާމީ މަރުކަޒުގައި މަޤްރިބް ނަމާދު ކުރަން ބަޔަކު މީހުން ތިއްބާ އިމާމުގެ ކުރިމައްޗަށް އަރާ މީހަކު ކުޑަކަމު ދިޔަ ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި މިހާތަނަށް ލިބުނު މައުލޫމާތާއި، ބެލިބެލުންތަކުން އެކަން ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަން އެގިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް އަދި އެމީހާ ހައްޔަރު ކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.