English Edition
Dhivehi Edition

ބުރުގާ ނާޅައި, އަންހެނުންތަކެއް އިސްލާމީ މަރުކަޒަށް ވަނުމުގެ ހުއްދަ ސަރުކާރުން ދިން މައްސަލަ ހޫނުވެއްޖެއެވެ.

އިއްޔެ ބުރުގާ ނާޅާ އިސްލާމިކް މަރުކަޒަށް ވަދެފައިވަނީ، އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ އާއި އަދި އިތުރު ދެއަންހެނެކެވެ. އި

ނގިރޭސި ވިލާތުގެ ސަފީރު އިއްޔެ އިސްލާމީ މަރުކަޒަށް ވަޑައިގެންނެވީ، އިިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ސައުތު އޭޝިއާ އެންޑް ދަ ކޮމަންވެލްތު އެންޑް ދަ ޕްރައިމް މިނިސްޓަރސް ސްޕެޝަލް ރެޕްރެސެންޓޭޓިވް އޮން ޕްރިވެންޓިންގް ސެކްޝުއަލް ވަޔަލެންސް އިން ކޮންފްލިކްޓްސް، ލޯޑް (ޠާރިޤް) އަޙްމަދު އޮފް ވިމްބަލްޑަން އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙުމަދު ޒާހިރު ޢަލީ އާއި އެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހުގައެވެ.

މި މައްސަލަ ފެންމަތިކޮށް ސޯޝަލްމީޑިއާގައި ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ނުރުހުންފާޅުކޮށްފައެވެ. މި ގޮތުން ފަތުވެރިންނާއި އަދި ބޭރުގެ އިއްޒަތްތެރިން ވެސް އިސްލާމީ މަރުކަޒަށާއި އެހެން މިސްކިތްތަކަށް ވަންނަ އިރު ވެސް މީގެ ކުރިން ބުރުގާ އަޅާކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އިސްލާމީ ހުރިހާ ގައުމެއްގައި ވެސް ބުރުގާ ނާޅާ މީހުން މިސްކިތްތަކަށް ވަންނަ ނަމަ ބުރުގާ އަޅަން ޖެހޭ ކަމަށާއި މީގެ ކުރިން ރާއްޖޭގައިވެސް އަމަލުކޮށްފައިވަނީ މިފަދައިން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާގައި ކޮމެންޓްކުރި ފަރާތްތަކުން ވަނީ ބުރުގާ ނޭޅި ނަމަވެސް، ބޮލުގައި ފޮތިކޮޅެއް އަޅައި ނިވާކުރުމަކީވެސް އެންމެ ރަގަޅުގޮތްކަމުގައި ބުނެ މިސްކިތްތަކުގެ ހުރުމަތްކެޑިގެންދާ މި ފަދަ އަމަލުތައް ކުރުމުގެ ފުރުސަތު ނުދިނުމަށް ގޮވާލާފައެވެ.