English Edition
Dhivehi Edition
އައްޑޫ ގައި އަޅާ ސްޕޯޓްސް ކޮމްޕްލެކްސް ފޮޓޯ: ޓްވިޓަރ

އައްޑޫ ސިޓީގެ ބެޑްމިންޓަން ކޮމްޕްލެކްސް ގައުމީ ދުވަހު ހުޅުވިގެންދާނެކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މޭޔަރު އަލީ ނިޒާރު މިހެން ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 18 ވަނަ ޖަލްސާގައެވެ. އައްޑޫ ސިޓީގެ ބެޑްމިންޓަން ކޮމްޕްލެކްސްއާއި ގުޅޭ ގޮތުން ހިތަދޫ ރަސްގެދަރަ ދާއިރާގެ ކައުންސިލަރު ހުސެއިން ޒަރީރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ބެޑްމިންޓަން ކޮމްޕްލެކްސް ގައުމީ ދުވަހު ހުޅުވިގެންދާނެކަމަށެވެ.

އައްޑޫގައި ބެޑްމިންޓަން ކޮމްޕްލެކްސް އަށް އަޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 21 މެއި 2019 ގައެވެ. އައްޑޫ ސިޓީ ކައުންސިލާ އި ޔޫތު މިނިސްޓްރީ ގުޅިގެން ހިންގާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އައްޑޫ ޕީޕަލްސް ކޯޕަރޭޓް ސޮސައިޓީ (އޭޕީސީ) އާ އެވެ.

އޭޕީސީއަކީ ކައުންސިލްގެ 51 ޕަސަންޓް ހިއްސާ އާއި އައްޑޫ ރައްޔިތުން 49 ޕަސަންޓް ހިއްސާ އޮންނަ ގޮތަށް 2016 ގައި އުފެއްދި ކޯޕަރޭޓިވްއެކެވެ.

މި މަޝްރޫއުގެ އަގަކީ 6،061،191.4 ރުފިޔާއެވެ.