English Edition
Dhivehi Edition

ކޮވިޑް19 ކޭސްތަކާއި ގުޅިގެން ގއ ކޮލަމާފުށި މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

އެރަށް މޮނިޓަރިންގ ޙާލަތަށް ގެނެސްފައިވާކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށު ކައުންސިލަށް ފޮނުވި އެންގުމެއްގައި ބުނެފައިވަނީ، އެރަށް މޮނިޓަރިންގ އަށް ލާފައިވަނީ، ކޮވިޑް19 އާ ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ.

އެ އެންގުމުގައި ބުނެފައިވަނި، އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ނުފޭބޭނެ ކަމަށެވެ. އަދި ހުއްދަ ނެތި ރަށަށް އެރުން މަނާވާނެ ކަމަށެވެ.

މި ވަގުތު ގއ ކޮލަމާފުށި އިތުރުން ގއ ގެމަނަފުށި، ގއ މާމެންދޫ އަދި ވިލިނގިލި ވެސް ވަނީ މޮނިޓަރިންގ ހާލަތުގައެވެ.