English Edition
Dhivehi Edition
ގެމަނަފުށި ބަނދަރުމަތީގެ މަންޒަރެއް: ފޮޓޯ ސޯޝަލް މީޑިއާ

ގއ.ގެމަނަފުށީ އިން އިތުރު 23 މީހަކު ކޮވިޑް19އަށް ފައްސިވެ، ފައްސިވި މީހުންގެ އަދަދު 143 ކަށް އަރައިފިއެވެ.

ގެމަނަފުށި ހެލްތު ސެންޓަރުން ހާމަ ކޮށްފައިވާ ތަފާސް ހިސާބު ތަކަށް ބަލާއިރު، ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި، އިތުރު 23 މީހަކު މިބައްޔަށް ފައްސިވެ، 4 ގެއެއް ކަރަންޓީން ކޮށްފައިވެއެވެ.

ގެމަނަފުށީ ހެލްތު ސެންޓަރގެ ޕަބްލިކް ހެލްތު އިންޗާޖް އަހުމަދު ޒަރީރު އޭއޯނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާތަނަށް ފައްސިވި ފަރާތްތަކުގެ ތެރެއިން، 5 މީހަކު ބަލިން ރަނގަޅުވެ އެކްޓިވް ކޭސް ތަކުގެ އަދަދު 138 ކަށް ދަށްވެފައިވާ ކަމަށާއި ކޮވިޑް19 އާއި ގުޅިގެން މިހާތަނަށް އެރަށުން 46 ގެއެއް ކަރަންޓީން ކޮށްފައިވާކަމަށެވެ.

ގެމަނަފުށި މޮނިޓަރިންގ ހާލަތަށް ގެނައީ މިމަހު 14 ވަނަ ދުވަހު މުޖުތަމަޢުގެ ތެރެއިން ކޮވިޑް19 އަށް ބަޔަކު ފައްސިވުމާއި ގުޅިގެންނެވެ. މިވަގުތު ގއ ގެމަނަފުށި އިތުރުން އެ އަތޮޅު ވިލިނގިލި އަދި މާމެންދޫވެސް ވަނީ މޮނިޓަރިންގ ހާލަތުގައެވެ.