English Edition
Dhivehi Edition

މިއަދު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި މެދު އިތުރު ޕްރޮވިންސްގެ ރައީސް ކަން، ބޮޑު ތަފާތަކުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކާމިޔާބް ކުރައްވައިފިއެވެ.

އެ ދާއިރާއަށް މަހްލޫފްގެ އިތުރުން ދެން ވާދަކޮށްފައިވަނީ، މޫސާ ނައީމް އަދި އަލީ ޝާހީން ހުސައިނެވެ.

މެދު އުތުރު ޕްރޮވިންސްގައި ހިމެނެނީ ކ. ވ. އއ. އަދި އދ އަތޮޅެވެ. އެ ގޮނޑި މަހްލޫފް ކާމިޔާބް ކުރައްވާފައިވާއިރު ގިނަ ފޮށިތަކަކުން 90 އިންސައްތަ ވޯޓު އޭނާ ވަނީ ކާމިޔާބް ކުރައްވާފައެވެ.

މެދު އުތުރު ޕްރޮވިންސްގައި ހިމެނެނީ ކ. ވ. އއ. އަދި އދ އަތޮޅެވެ. އެ ގޮނޑި މަހްލޫފް ކާމިޔާބް ކުރައްވާފައިވާއިރު ގިނަ ފޮށިތަކަކުން 90 އިންސައްތަ ވޯޓު އޭނާ ވަނީ ކާމިޔާބް ކުރައްވާފައެވެ.

މަހްލޫފަށް އެ އިންތިހާބުގައި ވާދަކުރައްްވަން ފުރުސަތު ލިބިވަޑައިގެންފައި ވަނީ ވަރަށް ފަހުންނެވެ. އެެއީ މަހްލޫފްގެ މައްޗަށް ކުރެވޭ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހުންނެވީ މަގާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކޮށްފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މަހުލޫފަށް ވާދަކުރެވޭނެ ކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އެއާއެކު އެ ދާއިރާތަކުގައި ހިމެނޭ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް މަހްލޫފް ވަނީ ޒިޔާރާތް ކުރައްވާފައެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެންމެ އިސް ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހުގެ މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވަން ޖެހޭ އެތެރޭގެ މި އިންތިހާބު ފެށީ މިއަދު ހެނދުނު އެވެ