English Edition
Dhivehi Edition

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ ގދ. ފިޔޯރީ / ބްލޫހެވަން، ޢަބްދުﷲ ޖުމްރާން (31އ) އެވެ.

ފުލުހުން ވަނީ ޢަބްދުﷲ ޖުމްރާން ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީކަމަށް ބުނެފައެވެ. އަދި އޭނާ ބަންދުގައި ބަހައްޓައިގެން 2021 ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ 09:15 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން، ޢަބްދުﷲ ޖުމްރާނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.