ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ރަންވޭ ސަރަހައްދުން ފެނުނީ ބުޅަލެއް ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ މާފަރު އެއަރޕޯރޓުގެ ފެންސުގެ އެތެރެއިން ހޭޅިފަށުން ގޮތްނޭގޭ ޖަނަވާރެއް ފެނުނުކަމުގެ ރިޕޯޓެއް އިއްޔެ ހަވީރު 5 ޖަހާކަންހާއިރު މާފަރު އެއަރޕޯރޓުގައި ތިބޭ ސިފައިންނަށް ލިބިފައިވާ ކަމަށެވެ.
މި މަޢުލޫމާތާއިއެކު ލިބިފައިވާ ވީޑިއޯ ކްލިޕުން އެއީ ކޮން އެއްޗެއްކަން ޔަޤީންކުރެވިފައިނުވާތީ، މާފަރުގައި ތިބޭ ސިފައިން މާފަރު އެއަރޕޯރޓާއި ގުޅިގެން އެ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.
އެހެންނަމަވެސް އިއްޔެއާއި ރޭ ކުރެވުނު މަސައްކަތުން އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށާއި ވީޑިއޯ ކްލިޕުން ފެނުނީ ކޮންއެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި މއަދު އިތުރު ސިފައިން މާފަރަށް ގޮސް މާފަރު އެެއަރޕޯރޓްގެ ސަރަހަައްދު އެއްކޮށް ބަލާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.
އެމްއެންޑީއެފް އިން ބުނީ ބުޅަލެއް ފިޔަވައި އިތުރު ޖަނަވާރެއް ފެނިފައިނުވާ ކަމަށާއި ބޮޑަށް ލަފާކުރެވެނީ ބުޅަލެއް ހިނގާފައި ދަނިކޮށް ވީޑިއޯ ކުރެވިފައި އިން ދުރުމިނާއި އެންގަލްގެ ގޮތުން އަސްލު ސައިޒަށްވުރެ ބޮޑުކޮށް ފެންނާތީ ހީވާ ހީވުމެއް ކަމަށެވެ.