English Edition
Dhivehi Edition

އޯޑިއޯތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ، ކުރިން ރައީސް ޔާމީނުގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ނުހިންގޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ސަރުކާރުގެ ސިޔާސަތު ތަކާއި ދެކޮޅަށް މިރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަދައްކަމުންނެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދޫކޮށްލުމަށް ގޮވާލާ އެ މުޒާހަރާގެ ތެރެއިން ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ ރައީސް ޔާމީން ޖަލަށްލައިގެން ސަރުކާރުނކުރަމުން އަންނަ ކަމަކީ ރާއްޖޭގެ މުހިއްމު އެތައް ކަމެއް އަވައްޓެރި އިންޑިޔާއަށް ވިއްކާލުންކަމަށެވެ.

މިހާރު ލީކުވެފައިވާ ފަނޑިޔާރުންގެ އޯޑިއޯތަކަށް އިޝާރާތްކުރައްވައި ސައީދު ވިދާޅުވީ އެ އޯޑިއޯތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ ކުރިން ރައީސް ޔާމީނުގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި ނުހިންގޭނެ ކަމަށެވެ. އަދި އެ އޯޑިއޯތައް ބޭރަށް ފޮނުވައިގެންވެސް އޯޑިއޯގެ ޞައްޙަކަން ކަށަވަރުކުރަންޖެހޭނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.