English Edition
Dhivehi Edition
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނު ދުވަހު ޝަރަފުއްދީން ސްކޫލްގައި ކުރިއަށް ގެންދިޔަ އެސެމްބްލީގެ ތެރެއިން

ކޮވިޑް ގެ ހާލަތު ގޯސް ވުމާއި ގުޅިގެން އައްޑޫ ސިޓީގެ އައްޑޫސިޓީގެ ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށްފައި އޮތުމަށް ފަހު 3 ހަފްތާ ފަހުން އަލުން ސްކޫލްތައް ހުޅުވައިގެން ކިޔަވައިދޭން ނިންމައިފިއެވެ.

އަންނަ އާދީއްތަ ދުވަހުން ފެށިގެން އައްޑޫގެ ސްކޫލްތަކުގައި އަލުން ކިޔަވައިދޭން ނިންމާފައިވަނީ މިރޭ އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައެވެ.

ކޮވިޑް 19 ގެ އައްޑުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އާއި ހަމައަށް އައްޑޫސިޓީން ޖުމުލަ 1210 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އެކްޓިވް ކޭސް ގެ ގޮތުގައި 282 މީހުން ތިބި އިރު 5 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އިއްޔެ އެކަނިވެސް 18 މީހަކު ވަނީ އައްޑޫން ކޮވިޑަށް ފައްސިވެފައެވެ.

ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގެ ހުރިހާ އަވަށްތައް މޮނިޓަރިން އަށް ލާފައިވާއިރު ސްކޫލްތައް ބަންދުކޮށް ކިޔެވުން އޮންލައިން ކޮށް ކުރިއަށް ގެންދާތީ ގިނަ ބެލެނިވެރިންދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

2 ކޮމެންޓް
އައްޑޫޫ
ސެޕްޓެމްބަރު 17, 2021
ދެނަސް މަރަދޫމީހުން. ނިގިނާސް ސްކޫލް އުޅުވަފެލެ.
ޕްރިންސް
ސެޕްޓެމްބަރު 17, 2021
މަރަދޫގެ ހުރިހާ ގެތައް ހުރީ ކަރަންޓީނުކޮށްފަ. ކޮންކުދިއްނެއް ސުކޫލަށްދާން ތިބީ؟ މަރަދޫ ސުކޫލާ އިރުޝާދިއްޔާ ސުކޫލުގެ ޕްރިންސިޕަލުން ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިތިބީ ހޭދެބައިވެފަތަ؟