English Edition
Dhivehi Edition
އަހުމަދު އަޝްހާދު އަބްދުﷲ | އަވަސް

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ފުރަތަމަ ފަހަރަށް ސިޔާސީ ރެލީއެއްގައި ބައިވެރިވެވަޑައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އިއްޔެ އިދިކޮޅު ކޯލިޝަނުން ‘އިންސާފު ހޯދަން” ނަމުގައި ކުރިއަށް ގެންދިޔަ ސުލްހަވެރި ހިނގާލުމުގައި ބައިވެރިވެ ވަޑައިގެން ޖިހާދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ މަނިކުފާނަށް ވަރަށް ބޮޑަށް އަނިޔާ ލިބިފައިވާކަމަށެވެ. އަދި އެ މަނިކުފާނަކީ 35 އަހަރު ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށާއި ކުރިން އެއްވެސް މައްސަލައެއްގައި ކޯޓަށް ގެންގޮސްފައިނުވާކަަމށް ޖިހާދު ވިދާޅުވިއެވެ.

މީގެ ކުރިން ދުވަހަކު ވެސް މިފަދަ ސިޔާސީ ރެލީއެއްގައި ބައިވެރިވެވަޑައިނުގަންނަވާކަން ފާހަގަކުރައްވާ ޖިހާދު ވިދާޅުވީ މިއަދު މަގުމައްޗަށް ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަތީ މި ސަރުކާރުން އަނިޔާވެރިކަމަށް ކެތް ނުކުރެވިގެން ކަމަށެވެ. މީގެ ކުރިން މިފަދަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް މިއީ ފެށުންކަން ފާހަގަކޮށް ޖިހާދު ވިދާޅުވީ މިކަން ނިންމާނީ އަދުލުއިންސާފު ގާއިމު ކުރުމަށްފަހު ކަމަށެވެ.

ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އުފުލާފައިވާ ޖިހާދު ވިދާޅުވީ އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ފުރިޔަ ނުދީ، ބޭސްފަރުވާއިންނާއި އެ މަނިކުފާނުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމުން ވެސް މަހުރޫމުކޮށްފައިވާކަމަށެވެ.