English Edition
Dhivehi Edition
އައިޖީއެމްއެޗް/ފޮޓޯ ޕީއެސްއެމް

ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ދިން އިރު އެތައް ގުނައެއް ބޮޑުކޮށް މުސާރަ ޖަމާވެފައިވާ މުވައްޒަފުންގެ އެކައުންޓްތައް ފްރީޒް ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ މިދިޔަ މަހުގެ މުސާރަ ދިން އިރު ސިއްހީ ދާއިރާގެ 1796 މުވައްޒަފެއްގެ މުސާރައަށް އުނި އިތުރު އައިސްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މި ގޮތުން ހެލްތު މިިސްޓްރީގެ ދަށުން ހިންގާ ބައެއް ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 70,000އަށް ވުރެ ގިނަ ރުފިޔާ ވަނީ ޖަމާވެފައެވެ، ފިނޭންސް މިނިސްޓްރީން ބުނީ އެ މައްސަލަ ފާހަގަ ކުރެވުނީ ރޭ 7:45 ގައި ކަމަށާއި އަދި މައްސަލަ ދިމާވީ މުސާރަ ޝީޓްގެ އަދަދުތައް އިސްފަސްވުމުގެ ސަބަބުންކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މުސާރަ އުނިވެފައިވާ ފަރާތްތަކަށް އެ ފައިސާ ދިނުމާއި އިތުރަށް ދެވިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ފިނޭންސް މިނިސްޓްރީން އެދިގެން މިހާރު ބޭންކްތަކުން ވަނީ ލިބެންވާވަރަށްވުރެ ގިނަ އަދަދެއްގެ ފައިސާ ޖަމާވި މުވައްޒަފުންގެ އެކައުންޓްތައް ފްރީޒް ކޮށްފައެވެ. މިއަދު މިމައްސަލަ ހައްލުކުރުމަށް، އެކައުންޓްތަކައް އިތުރަށް ޖަމާވެފައިވާ ފައިސާ ރިވާސް ކުރުމުގެ މަސައްކަތް އަންނަނި ކުރަމުންނެވެ.