English Edition
Dhivehi Edition

ކުރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތެއްގެ ހުކުމް ވަކި ގޮތަކަށް އިއްވުމަށް, ފަނޑިޔާރުންނަށް ނުފޯޒު ފޯރުވިކަމަށް ބުނެ ދައުރުވަމުން އަންނަ ވާހަކަތަކުގެ މައްސަލަ ބަލާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.

ޖޭއެސްސީ އިން ނެރުުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންނަކީ ވަކި ކޮޅަކަށް ބުރަ ނުވެ މައްސަލަތަކުގައި އިންސާފުވެރިކަމާއެކު ހުކުމް ކުރަން ޖެހޭ ބަޔަކަށްވީ ހިނދު، އެއްވެސް ފަރާތަކުން ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެނަމަ އެކަމަކަށް ހާއްސަ ސަމާލުކަމެއް ދީގެން މައްސަލަ ތަހުގީގު ކުރާނެކަމަށެވެ. އަދި އެއީ ފަނޑިޔާރުގޭގެ އިތުބާރު ނެގެހެއްޓުމާއި ފަނޑިޔާރުގޭގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކަައި ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރީ ކްރިމިނަލް ކޯޓުން ކުރި ހުކުމާއި ގުޅޭ ގޮތުން އެ މައްސަލަ ބެއްލެވި ބައެއް ފަނޑިޔާރުން ދައްކާފައިވާ ވާހަކަތުގެ އޯޑިއޯތައް ލީކުވެފައިވާއިރު މި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަލީ ރަޝީދާއި ގާޒީ ހުސައިން ފާއިޒު ރަޝާދާއި ކްރިމިނަލް ކޯޓުގެ މިހާރުގެ އިސް ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަލީ އާދަމާއި ގާޒީ މުހައްމަދު ސަމީރެވެ.

އޭގެ ތެރެއިން ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު އަލީ އާދަމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަމީރުގެ އޯޑިއޯތަކެއް ލީކުވެފައިވާއިރު މި ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތާއި ގުޅިގެން ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުންވެސް ވަނީ މައްސަލަ ބެއްލެވި އިސް ގާޒީ އަލީ ރަޝީދުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދާފައެވެ.