English Edition
Dhivehi Edition

ޤުރުއާން މުދައްރިސުން ޑިޕްލޮމާ ފެންވަރަށް ތަމްރީންކުރުމުގެ ޕުރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި ކައުނސިލް އިދާރާއިން ނެރެފައިވާއ އިޢުލާނުގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ގުޅިގެން ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރުއާން މުދައްރިސުން ޑިޕްލޮމާ ފެންވަރަށް ތަމްރީން ކުރުމުގެ ޕުރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ގޮތުން މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބައިވެރިވުމަށް އެދި ސިޓީ، އިއިޑީ ކާޑުގެ ކޮޕީ އާއި ޙާސިލްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ އަދި ވަނަވަރާއި އެކު 31 އޮގަސްޓް ވާ އަންގާރަ ދުވަހު 11:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުމަށް އެދޭ ކަމަށް އެއިޢުލާންގައި ބުނެފައިވެއެވެ.