English Edition
Dhivehi Edition
ވިލިނގިލިން ހޯދި ބަނގުރާތަކެއް/ފޮޓޯ ޕޮލިސްމީޑިއާ

ގއ. ވިލިނގިއްޔަށް ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދިވެހި ދެފިރިހެނުން ހައްޔަރުކޮށްފިއެވެ.

މި ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު، ވިލިގނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ މީހަކާއި 43 އަހަރުގެ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ. މިޙާދިސާގައި ފުލުހުންވަނީ މި ދެމީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ ލޯންޗަކާއި ކާރެއް ބަލައިފާސްކޮށް އޭގެތެރެއިން 75 ފުޅި ބަނގުރާ ހޯދާފައެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ވިލިނގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.