English Edition
Dhivehi Edition
ގއ. އަތޮޅު ވިލިނގިލި މައިމަގު: ފޮޓޯ ޖަމްޝީދު

ގއ.ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ގޮތަށް ނިންމުމަށް ރޭގެ ވަގުތެއްގައި ވިލިނގިލީ ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ރޭ ގއ.ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މާރާމާރީގައި އަނިޔާވި 46 އަހަރުގެ އަންހެން މީހާއަށް ގއ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާއިރު ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.