English Edition
Dhivehi Edition
އައްޑޫސިޓީ

އައްޑޫސިޓީން މިއަދު އިތުރު 18 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އިއްޔެ ހަވީރު 6 ން ފެށިގެން މިއަދު ހަވީރު 6:00 އާއި ހަމައަށް ފައްސިވެފައިވާ 18 މީހުންގެ ތެރޭގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފައްސިވެފައިވާ 12 މީހަކާއި ފްލޫ ކްލިނިކަށް ދެއްކި ފަސް މީހެއްގެ އިތުރުން ރެންޑަމް ސާމްޕަލަކުން ފައްސިވިމީހެއްހިމެނެއެވެ. އައްޑޫގައި މިވަގުތު އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ މަރަދޫއިންނެވެ. އެރަށުގެ 71 މީހަކު މިބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ އިތުރަށް މަރަދޫފޭދޫގެ 32 މީހުންނާއި ފޭދޫގެ 19 މީހަކާއި ހިތަދޫގެ 29 މީހުންނާއެކު މުޅިއެކު 153 މީހަކު މިވަގުތު އައްޑޫސިޓީގައި ކޮވިޑް 19 ޖެހިފައިވެއެވެ.

އައްޑޫސިޓީގައި ކޮވިޑްގެ ޙާލަތު ގޯސްވެ ޕޮޒިޓިވްވާ އަދަދު ގިނަވަމުންދިއުމާ ގުޅިގެން މިރޭ ވަނީ އައްޑޫސިޓީގެ ގުޅިފައިވާ އަވަށް ތައް ލޮކްޑައުން ކޮށްފައެވެ. މިއާއެކު އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުރުން މިވަނީ މަނާކޮށްފައެވެ. އަދި އެއަވަށްތަކުގައި ގްރޭޑް 9 ން ފެށިގެން ދަށުގެ ހުރިހާ ގްރޭޑެއްގެ ކިޔެވުންވެސް މާދަމާއިން ފެށިގެން ބަންދުކޮށްފައިވެއެވެ.

އައްޑޫސިޓީގައި ކޮވިޑް ޖެހިގެން ތިން މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.