English Edition
Dhivehi Edition

ގއ. މާމެންދޫ ގައި ނެގި ރެންޑަމް ސާމްޕަލެއް ފައްސި ވެއްޖެއެވެ.

އެރަށުން ރެންޑަމް ސާމްޕަލެއް ފައްސި ވެފައިވަނީ މޮނިޓަރިންގ ހާލަތުން އެރަށް މީގެ ދެ ދުވަސްކުރިން އުވާލާފައި ވަނިކޮށެވެ. މިމަހުގެ 17 ވަނަ ދުވަހު މާމެންދޫ މޮނިޓަރިން ހާލަތަށް ގެނައީ ގދ. ތިނަދޫއިން ފައްސިވި ފަރާތަކާއި ކޮންޓެކްޓްވި ފަރާތެއް އެރަށުން ފައްސިވުމާއި ގުޅިގެންނެވެ.

ވަކި ތަރުތީބެއްނެތި ނެގި ސާމްޕަލެއް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން އެރަށު ކައުންސިލުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

“ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ރެންޑަމް ކޮށް މިރަށުން ނެގުނު ސާމްޕަލެއް މި އަދު ކޮވިޑް-19 އަށްް ފައްސި ވެފައިވާތީ، އެކަން ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.” މާމެންދޫ ކައުންސިލްގެ ވައިބަރ ގްރޫޕުގައި ބުނެފައިވެއެވެ.