އައްޑޫސިޓީ ހިތަދޫން ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނާއި ބަނގުރާ ކަމަށްބެލެވޭ އެއްޗެއް ފުލުހުން ހޯދައިފިއެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ އައްޑޫސިޓީ ހިތަދޫގައި ބަނގުރާ އުފައްދައި އަދި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.
އަދި މިކަމާއި ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެރަށު ވަލުތެރެ ބަލައި ފާސްކުރިއިރު ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ހަން ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހެއް ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެއެވެ.