English Edition
Dhivehi Edition
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު - ފޮޓޯ: މުހައްމަދު އައުޒަމް (ވަން އޮންލައިން)

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުންތައް ސިއްރުކޮށްފައިވާއިރު، މީގެ ކުރިން ވެސް މި ޝަރީއަތުގެ އަޑުއެހުންތައް ދަށު ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ އަޑުއެހުންތައް ސިއްރުކޮށެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ޖާމިނު ކުރުމަށްފަހު މިދިޔަ އަހަރު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ދިޔަ ގޮތަށް އަލީ ވަހީދު އެބުރި ރާއްޖެ އައިސްފައެއް ނުވެއެވެ. އިންޓަޕޯލް އާއި އިނގިރޭސި ފުލުހުން މެދުވެރިކޮށް އަލީ ވަހީދު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވާއިރު އިއްޔެ އޭނާ ވަނީ އިނގިރޭސިވިލާތުން ހައްޔަރުކޮށްފައެވެ، މައުލޫމާތު ލިބިފައިވާ ގޮތުން އަލީ ވަހީދު ހައްޔަރުކޮށްފައިވަނީ އޭނާގެ ވިސާގެ މައްސަލައެއްވެސް ދިވެހި ސަރުކާރުން އިނގިރޭސިވިލާތުގެ ސަރުކާރުގައި ރިޕޯޓް ކޮށްފައިވަނިކޮށެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކަކީ، ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާއާއި، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެވެ